ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް އަޝްފާން އައްޔަންކޮށްފި

ޚަބަރު ފަހުގެ

ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމަށް އަހުމަދު އަޝްފާން އައްޔަންކޮށްފިއެވެ.

އިމިގްރޭޝަނުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ބެލެހެއްޓުމުގެ ދަށުން އިމިގްރޭޝަނަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޑެޕިއުޓީ ކޮންޓްރޯލަރ މަޤާމަށް އައްޔަންކޮށްފައވާ އަޝްފާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އެ އިދާރާގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ. މިމަޤާމުގައި ކުރިން ހުންނެވީ އިބްރާހީމް އަޝްރަފްއެވެ.

އަޝްފާން އަކީ ދިވެހި ފުޓްބޯޅައިގެ ދާއިރާގައި ވެސް ފާހަގަކުރެވުނު ތަރިއެކެވެ. އަޝްފާން ވަނީ ޤައުމީ ޓީމަށް ވެސް ކުޅެދީފައެވެ. އޭނާއަކީ ޤައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ