11 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކުރަނީ

ޚަބަރު ފަހުގެ

11 ރަށެއްގައި އައިސް‎ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއެއްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

‎ އެގޮތުން މި މަޝްރޫއުގެ ‎ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ،‎ ޅ.ނައިފަރު، އއ.ރަސްދޫ، މ.ވޭވަށް، ދ.ބަނޑިދޫ، ދ.މީދޫ ‎އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެތެރެއިން ފަސް ‎އައިސް ޕްލާންޓަކަށް ފަންޑު ހަމަޖެހިފައިވަނީ ‎ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ‎ ހަ ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.

މި 11 ރަށުގެ އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުން މިހާތަނަށް 25 ‎ރަށެއްގައި އައިސް‎ ޕްލާންޓުތައް ގާއިމްކޮށްފައިވާއިރު، އިތުރު ‎އައިސް ޕްލާންޓް ގާއިމްކުރުމަކީ މަސްވެރިންނަށް އަމާޒުކޮށްގެން ގާއިމްކޮށްފައިވާ އައިސް ޕްލާންޓުތަކުގެ ‎ނެޓުވޯކުގެ ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ.

ސަރުކާރުންވަނީ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުންދާ އައިސްޕްލާންޓްތައް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަކަން ހާމަކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ