ޕާޓީގެތަކަށް އެކަނި ކަރަންޓް ދޫކުރަން ގޮވާލައިފި

ފަހުގެ ސިޔާސީ

ހއ. ދިއްދޫއިން ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް ކަރަންޓު ދިނުމަށް އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ރޭ ގޮވާލައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު، އަޑަށް ބާރުލައްްވާފައި ވިދާޅުވީ އިންތިހާބު ނިމެންދެން ކަރަންޓް ދޫކުރަންވީ ޕާޓީ މީހުންނަށް އެކަނި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެއިތުރުން އަބްދުﷲ ރަޝީދު ބުނީ ފެނަކައިގެ ވަޒީފާއަށް މުވައްޒަފުން ވައްދާނެ ކަމަށާއި، އެ މީހުން ދާއިމީވެސް ކޮށްދޭނެ ކަމަށެވެ.

ފެނަކައިގެ އެސިސްޓެންޓު މެނޭޖަރު ކަމަށް އަބްދުﷲ ރަޝިދު އައްޔަނުކުރީ ފެބްރުއަރީ، 5 ވަނަ ދުވަހު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ