މަޖިލިސް އިންތިޚާބުގެ ވޯޓުލުން ފަށައިފި

ޚަބަރު ފަހުގެ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެށިއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:30 އާ ދެމެދުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫ ދާއިރާގެ ހުރިހާ ރަށެއްގައިވެސް 8:00 ގައި ވަނީ ވޯޓްލާން ފަށާފައެވެ. އަދި ސަރުކާރު ކެނޑިޑޭޓް އިދުރީސް ވަނީ ހަނިމާދޫ ދެ ނަންބަރު ވޯޓް ފޮށްޓައް އެންމެ ފުރަތަމަ ވޯޓް ލައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވުމުން އިތުރަށް ވޯޓުލުމަށް އެންމެ މިނިޓެއްވެސް އިތުރުނުކުރާނެ ކަމަށެވެ. ވަަގުތު ހަމަވުމުގެ ކުރިން އެންމެންވެސް ވޯޓުލުމަށް ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.

މިފަހަރުގެ އިންތިޚާބުގައި މަޖިލީހަށް ޖުމްލަ 93 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު 93 ދާއިރާއަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއިން 130 ކެންޑިޑޭޓުންނަކީ އެއްވެސް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނެވެ.

މި އިންތިޚާބުގައި 283،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،661 އަންހެނުންނެވެ. މި އިންތިޚާބަށް ޖުމްލަ 287،462 ވޯޓު ކަރުދާސް ޗާޕުކުރިކަމަށް އީސީން ބުނެއެވެ.

ފޯނާއި އަތްދަބަސްފަދަ ތަކެތި ވޯޓުލާ މަރުކަޒުތަކަށް ވެއްދުން މަނާކޮށްފައިވެއެވެ. ވޯޓުލާ މަރުކަޒަށް ވެއްދޭނީ ކަޅު ނުވަތަ ނޫ ގަލަމެއް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ