އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޗެއަރމަން ދެއްވާ އެވޯޑް ރާއްޖޭގެ ޗީފް ކޮމިޝަނަރަށް

ޚަބަރު ފަހުގެ

ސްކައުޓް ޙަރަކާތުގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޗެއަރމަން ދެއްވާ އެވޯޑް ރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ ޗީފް ކޮމިޝަނަރ މަޢީދު މުޙައްމަދު ޒާހިރަށް ލިބިއްޖެއެވެ.

ސްކައުޓް ޙަރަކާތުގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޗެއަރމަން ދެއްވާ އެވޯޑަކީ ސްކައުޓްގެ ހަރަކާތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ސްކައުޓް ޙަރަކާތުގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އޮފީހުން ދޭ އެންމެ މަތީ ދަރަޖައިގެ އެވޯޑެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެވޯޑު މަޢީދަށް ދީފައިވަނީ މިހާރު ތައިލެންޑްގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް ސަރަޙައްދީ ސްކައުޓް ލީޑަރުންގެ ސަމިޓުގެ ތެރެއިންނެވެ. އޭނާއާ އެވޯޑު ހަވާލުކޮށްފައިވަނީ ސްކައުޓް ޙަރަކާތުގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޗެއަރމަން ޑޭލް ބޮކިންގޯ ކޮވެރާއެވެ.

މި އެވޯޑު މަޢީދަށް ލިބިފައިވަނީ އޭނާ ސްކައުޓް ހަރަކާތަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންކަމަށް ސްކައުޓް ޖަމިއްޔާއިން ބުނެއެވެ.

މަޢީދު ވަނީ ދުނިޔޭގެ ސްކައުޓް ކޮމިޓީގެ ޔޫތު އެޑްވައިޒަރުގެ މަޤާމާއި ދުނިޔޭގެ ސްކައުޓް ޙަރަކާތުގެ ޕުރޮގްރާމް ޔުނިޓްގެ އިސް ވޮލަންޓިޔަރުގެ މަޤާމު އަދާކޮށްފައެވެ. އަދި ވޯލްޑް ވުޑްބެޖް ރިވިއު ޓީމުގެ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވެއެވެ.

މީގެ އިތުރުން މަޢީދު ވަނީ ރާއްޖޭގައި ހިންގާ ސްކައުޓު ހަރަކާތުގެ މުޤައްރަރު ބަދަލުކުރުމާއި އަދާހަމަކުރުމުގައި ރާއްޖޭގެ ސްކައުޓު އެސޯސިއޭޝަނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި މަޢީދު ވަނީ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޒުވާނުންގެ ތަރައްޤީއަށާއި ޒުވާނުން ބިނާކުރުމަށާއި ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން ދައުލަތުންދޭ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 2020 ވަނަ އަހަރު ހާސިލުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ