އެސްއީޒެޑް ތަރައްގީކޮށް ހިންގަން ދުބާއީގެ ކުންފުންޏަކަށް

ޚަބަރު ފަހުގެ

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާ އެކީ އިކޮނޮމިކް މިނިސްޓްރީން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ

އިފްޒާގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މާޓިން ޕިޓާސަން އެވެ. ރާއްޖޭގެ ފަރާތުން ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެމްއޯޔޫގެ ދަށުން އެ ކުންފުނިން ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ ކ. ފުނަދޫގައި ތަރައްގީކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” އެވެ.

ސައީދު ވިދާޅުވީ ސޮއިކުރި އެމްއޯޔޫއާއެކު ގިނަވެގެން ފަސް މަސް ދުވަހުގެ ތެރޭގައި އިފްޒާއާއެކު މައިގަނޑު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ ތެރެއިން އުތުރާއި ފުނަދޫގައި ފައިނޭންޝަލް ސެންޓަރު ބިލްޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތަށް ފުނަދޫ ހާއްސަ ކުރުމުގެ ގޮތުން ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީން އެސްޓީއޯ އެކީ ފަށާފައިވާ ކަމަށެވެ. އެސްޓީއޯއިން އެ ފިއުލް ފާމު ބަދަލުކުރަނީ ކ. މާގިރިފަޅަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ފައިނޭންޝަލް ސެންޓަރަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ފެށޭނީ އޭގެ ފަހުންނެވެ. އަދި އެ މަސައްކަތާއި، މި ޕްރޮޖެކްޓުގެ ތެރެއިން ތަރައްގީކުރާ ފުނަދޫ-މާލެ-ހުޅުލޭ-ހުޅުމާލޭ ގުޅުވައިދޭ ބްރިޖުތަކުގެ މަސައްކަތް މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބުނީ މި މަޝްރޫއުގެ ހުރިހާ ހަރަދެއް ކުރާނީ އިފާޒްއިންނެވެ. އަދި އިހަވަންދިއްޕޮޅު މަޝްރޫއަށް އިންވެސްޓަރުން ގެނައުމާއި އިންވެސްޓްމަންޓު ފައިނޭންސްގެ މަސައްކަތް ކުރާނީ ވެސް އެ ކުންފުނިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ