ހުޅުމާލޭގައި މާރާމާރި ހިންގި މީހަކު ހައްޔަރު ކޮށްފި

ޚަބަރު ފަހުގެ

ހުޅުމާލޭގައި ހިނގި މާރާމާރިއެއްގައި މީހަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ހުޅުމާލޭގެ ހޮޓަލެއްގެ ތެރޭގައި ދިވެއްސަކާއި ބިދޭސީއަކާ ދެމެދު މާރާމާރިއެއް ހިނގާފައިވާކަމުގެ ރިޕޯޓް ރޭ ދަންވަރު 00:26 ގައި ލިބިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މާރާމާރި ހިންގި 33 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 7 ދުވަހަށް ބަންދުކުރުމަށް އަމަރުކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ