ދިވެހިވަންތަކަން ހިމާޔަތްކުރެވޭނީ އާސާރީ ތަރިކަ ރައްކާތެރިކޮށްގެން: ރައީސް

ޚަބަރު ފަހުގެ

ދިވެހިވަންތަކަން ހިމާޔަތްކުރެވޭނީ އާސާރީ ތަރިކަ ރައްކާތެރިކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިޝްތިހާރު
އިޝްތިހާރު

ދާރުލްއާސާރު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިވަންތަކަން ހިމާޔަތްކޮށް، ޤައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން ކަމަށެވެ.

އާސާރީ ތަރިކަ ރައްކާތެރިކުރުމަކީ މުހިއްމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު، އާސާރީ ތަރިކަތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ޚާއްސަ ވުޒާރާއެއް އުފައްދަވާފައެވެ. އަދި ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އެ ވުޒާރާއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް އުފެއްދެވުމާއި ދިވެހި މާއްދީ ތަރަކައިގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ނެތެމުންދާ ތަރިކަތަކަށް ފަރުވާދޭނެ ޚާއްޞަ ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތާއި ތަރިކަ ބެލެހެއްޓޭނެ ދިވެހި ޒުވާނުންގެ ފަންނީ ގުރޫޕެއް އުފެއްދުމުގެ މަސައްކަތްވެސް ދިވެހިބަހާ ބެހޭ ވުޒާރާއިން ގެންދަނީ ކުރައްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ