2 ފުލުހަކަށް ބިރުދެއްކި މައްސަލައެއްގައި 3 ދިވެއްސަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައެެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ރޭ 10 ޖަހާކަން ހާއިރު ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި، މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ދިވެހި 3 ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހަކު ކަމަށް ފުލުހުން ބުންޏެވެ.

ހަމަ އެއާއެކު އެ މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޝަކުވާތައް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ