ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް 11 އަތޮޅަކަށް ރީނދޫ އެލާޓު ނެރެފި އެވެ.
މެޓު އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކާއި ހަމައަށް ރީނދޫ އެލާޓު ނެރެފައެވެ. އެލާޓު ނެރެފައި ވަނީ މިއަދުގެ 13:00 އިން ފެށިގެން 17:00އާ ހަމައަށެވެ.
މެޓުން ބުނީ އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށާއި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.