ގދ އަތޮޅުގެ ރިސޯޓަކުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގދ އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން މިއަދު ހެނދުނު ކަޔަކް އެއްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިގެން އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެމީހާއަކީ އެރިސޯޓުގެ ދޯންޏެއްގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަދި އެމީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 15:30 ހާއިރު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ..