ގެއްލުނު ދޯނި ހޯދަން 10760 މޭލު ބަލައިފި

ޚަބަރު ފަހުގެ

ތިލަފުށިން ފުރައިގެން މ މެދުފުށި އައިލެންޑަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ދޯނި ހޯދަން 10760 މޭލު ބަލައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ “އޭ،އޭ،އޭ 37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. މި ދޯނި ދަތުރުކުރަމުން ދިޔައީ ހަތަރު މީހުންނާއެކު އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފުން ބުނީ އެ ދޯނި ގެއްލިގެން ހޯދުމަށް ކޯސްޓް ގާޑުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ކަނޑާއި ވައިގެ މަގުން ޖުމްލަ 4519 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ. އަދި، އިއްޔެ ކަނޑާއި ވައިގެ މަގުން ޖުމްލަ 6241 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ދޯނި އަދި މީހުން ފެނިފައެއް ނުވެ އެވެ.

މި ހާދިސާއާ ގުޅުން ހުރި މައުލޫމާތު ކައިރި ގައުމުތަކުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އާ ހިއްސާކޮށް، ދޯންޏާ ގުޅުން ހުރި މައުލޫމާތެއް ލިބިއްޖެނަމަ ހިއްސާކުރުމަށް އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މީގެއިތުރުން މި ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ވެސް ވަނީ އެދިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ