ފަޅު ރަށެއްގައި ވަޅުލާފައި ހުރި ރާ ތަކެއް ހޯދައިފި

ޚަބަރު ފަހުގެ

ފުލުހުން ބުނީ މިތަކެތި ހޯދާފައިވަނީ ޅ. އަތޮޅު ގާއެރިފަރު ކިޔާ ފަޅު ރަށަކުންކަމަށެވެ.

ފުލުހުން ބުނީ މިތަކެތި ހޯދާފައިވަނީ އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރިކަމަށް ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރި ކަމަށް ބުނާ ސަރަހައްދު ބަލައިފާސްކުރި އިރު 91 ދަޅު ބަނގުރާ އަދި 59 ފުޅި ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ