މިފްކޯގެ ސީއީއޯ މަގާމުން ވަކިކޮށްފި

ޚަބަރު ފަހުގެ

ޕީސީބީއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިފްކޯ ގެ ސީއީއޯ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

ސީއީއޯގެ މަގާމުން ސަމާހު ވަކިކޮށްފައިވާއިރު މާރިޗް މަހުގެ 18 އިން ފެށިގެން އޭނާ ސަސްޕެންޝަނެއްގައިވެސް ބެހެއްޓިއެވެ.

އިޝްތިހާރު
އިޝްތިހާރު

ސަސްޕެންޝަން އުވާލުމުން ވަޒީފާއަށް ނިކުމެވަޑައިގެން މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެލެއްވީ މިދިޔަމަހުގެ 24 ވަނަ ދުވަހުގައެވެ.

އޭރު ކުރި ސަސްޕެންޝަނާއި ގުޅޭގޮތުން ޕީސީބީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަމާހާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލައެއް ހުށަހެޅި އެ ކަމުގެ ފުރިހަމަ އިންކުއަރީއެއް ވަގުތީގޮތުން ސަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމީ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ