އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުން ވަކިކޮށްފި

ޚަބަރު ފަހުގެ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފާތިމަތު ތައުފީގު ވަކިކޮށްފިއެވެ.

ފާތިމަތު ތައުފީގު އެ މަގާމުން ވަކިކޮށްފައިވާއިރު އެމްއެމްޕީއާރްސީގެ ޗެއާމަން އައިޝާ ނޫރައިން ޖަނާހު އަދި އެމްއެމްޕީއާރްސީގެ ބޯޑުގައި ހިމެނިވަޑައިގެންނެވި މެމްބަރު ރާފިލް މުހައްމަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ފާތިމަތު ތައުފީގު އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމަށް އައްޔަނު ކޮށްފައިވަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ފާތިމަތު ތައުފީގު މަގާމުން ވަކިކުރިއިރު އިއްޔެ މިފްކޯގެ އެމްޑީ އަހްމަދު ޝަމާހު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ޝަމާހު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ