ޔޫރަޕްގެ ތިން ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި

ޚަބަރު ފަހުގެ

ޔޫރަޕްގެ ތިން ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި އެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމި ޔޫރަޕްގެ ތިން ގައުމަކީ ސްޕެއިން އާއި އަޔަލޭންޑުގެ އިތުރުން ނޯވޭ އެވެ. މި ނިންމުން ރަސްމީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، މި މަހުގެ 28 ގައި ރަސްމީކޮށް ފަލަސްތީން މިނިވަން ދައުލަތެއް ގޮތުގައި އެ ތިން ގައުމުން ދެކޭނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އަޔަލެންޑުގެ ބޮޑުވަޒީރު ސައިމަން ހެރިސް ވިދާޅުވީ މިއީ ތާރީހީ ދުވަހެއް ކަމަށާއި އެހެން ގައުމުތަކުން ވެސް މި ފިޔަވަޅު ނަގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން އެހެން ބައެއް ގައުމުތަކުގެ ލީޑަރުންނާ އެކީ ވެސް މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިތުރު ގައުމުތަކުން ވެސް މި މުހިއްމު ފިޔަވަޅު ނަގާނެ ކަމަށް ވިދާޅުވި އެވެ.

މި ނިންމުމާ ގުޅިގެން އިޒްރޭލުން ވަނީ ނޯވޭ އަދި އަޔަލެންޑުގައި ތިބި އިޒްރޭލުގެ ސަފީރުން އަނބުރާ ގައުމަށް ގެންދަން ނިންމާފަ އެވެ.

އދ. ގައި ހިމެނޭ 193 ގައުމުތަކުގެ ތެރެއިން މިހާތަނަށް 137 ގައުމަކުން ފަލަސްތީނުގެ ދައުލަތް ވަނީ ބަލައިގެންފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ