އޮރެންޖް އެލާޓްގެ ވަގުތު އިތުރުކޮށްފި

ޚަބަރު ފަހުގެ

މޫސުން ގޯސްވެ މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ.

އެލާޓްގެ ވަގުތު މެޓް އޮފީހުން އިތުރު ކޮށްފައިވަނީ 11:15 އިން މެންދުރުފަހު 03:15 އަށެވެ. މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ