ގެނބުނު ޓޫރިސްޓަކު ސަލާމަތްކުރަން ފޭބި ދިވެއްސަކު މަރުވެއްޖެ

ޚަބަރު ފަހުގެ

އދ. އަތޮޅުގައި ހިންގާ ސެންޓާރާ ރިސޯޓުގައި ގެނބުނު ފަތުރުވެރިޔަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ދިވެއްސަކު މަރުވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ އދ. އަތޮޅުގައި އޮންނަ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ހެނދުނު 11:05 ގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނުއިރު އެއީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.

އޭނާއަށް ފަރުވާ ދިނުމަށް އެ ރިސޯޓާ ކައިރީގައި އޮންނަ އދ. ދަނގެތީ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ ދިވެހި މީހާ މަރުވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ މޫދަށް ފޭބީ ގެނބެމުންދިޔަ ޓޫރިސްޓަކު ސަލާމަަތް ކުރުމަށް ކަމަށްވާއިރު އެ ޓޫރިސްޓުގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ