ސަތޭކަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އާން އައު ކޮށްފި

ކުޅިވަރު ފަހުގެ

ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ.

އޭނާ މި ރެކޯޑު އައުކުރީ މެލޭޝިއާގައި މިހާރުކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސްގަ އެވެ. އާން މި ރެކޯޑު އައުކުރީ 00.54.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައު ކޮށްފައިވަނީވެސް އޭނާ އެވެ. އެއީ، މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. އެފަހަރު ގައުމީ ރެކޯޑު އައުކޮށްފައިވަނީ 00.55.11 އިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ