ފިރިހެނުންގެ ލޯންގްކޯސް 1500މ ފްރީސްޓައިލް ރެކޯޑްވެސް އާކޮށްފި

ކުޅިވަރު ފަހުގެ

ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފިއެވެ.

ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް ރިހާން އާކުރީ، މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި 18.03.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައި 19.26.54 ގެ ވަގުތަކުން އިން ރޭސްނިންމައިގެން، މުބާލް އައްޒާމް އިބްރާހީމެވެ.

މިއީ މި މުބާރާތުގައި ދިވެހި ފެތުންތެރިން އާކުރި 2 ވަނަ ގައުމީ ރެކޯޑެވެ. މި މުބާރާތުގައި ދިވެހި ފެތުންތެރިއަކު ފުރަތަމަ އާކުރި ރެކޯޑަކީ، ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑެވެ. މި ރެކޯޑް ހެދީ މުހައްމަދު އާން ހުސައިންއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ