ބްރިޖު ކައިރިން އޮޔާދިޔަ މީހާ އޮތީ މަރުވެފައި: ފުލުހުން

ޚަބަރު ފަހުގެ

ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާދިޔަ މީހާ އޮތީ މަރުވެފަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި ބްރިޖާ ދިމާ ކަނޑު މަތިން މީހަކު އޮޔާދާ ކަމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:35 ހާއިރު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ އަންހެނެކެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ