އަޟްޙާ ޢީދު، ޤައުމީ ފެންވަރުގައި ފާހަގަކުރަން ނިންމާފައިވާ ތިން ރަށް ހާމަކޮށްފި

ޚަބަރު ފަހުގެ

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ގެޒެޓުކުރި އިއުލާނުގައި ބުނެފައި ވަނީ، 1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯޒަލްތަކުގެ ތެރެއިން، ޢީދު ފާހަގަކުރަން ނިންމާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ކަމަށެވެ.

ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ރާއްޖޭގެ އުތުރުން ހަތް ރަށަކާއި މެދުރާއްޖެ ތެރެއިން 10 ރަށަކާއި ރާއްޖޭގެ ދެކުނުން ނުވަ ރަށަކާއެކު ޖުމްލަ 26 ރަށަކުން ވަނީ އެވުޒާރާއަށް ޕްރޮޕޯޒަލް ހުށަހަޅާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ރަސްމީކޮށް އީދު ފަހަގަކުރަން މި ފަަހަރު ސަރުކާރުން ނިންމައިފައި އޮތީ ތިން ރަށުގައެވެ.

މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިފެށޭ ޖޫން މަހުގެ 17ވަނަ ދުވަހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ