ފޮޓޯ ސަން

ނަރުދޫ ފުރަބަންދުގެ ހާލަތުގާ

ރިޕޯޓް ފަހުގެ

ކޮވިޑް 19 ރާއްޖެގައި ފެތުރި މާލެ ފުރަބަންދު ކޮށްފައި ވަނިކޮން ށ އަތޮޅު ނަރުދޫއިން އެބަލި ފެނުމާއެކު ނަރުދޫވެސް ފުރަބަންދު ކުރެވުނެވެ. އެކަމާ ގުޅިގެން ތަފާތު ދަތިތަކާ ނަރުދޫގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހުނެވެ.  އެދުވަސް ތަކުގެތެރޭން މެއި 25 ވަނަ ދުވަހު މުޅި ރާއްޖެ ސިއްސުވާލީ ނަރުދޫގެ މީހެއްގެ ބަނޑަން ދަރިފުޅު މަރުވި ހަބަރާ އެކުއެވެ. މިހާދިސާ ކުރިމަތިވި ފަރާތަކީ މުހައްމަދު ފަޔާޒުގެ ދެބެންގެ ދެދަރި ބޭބެގެ ދެމަފިރިންނަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމުގެ ސަބަބުން އެތައް ބިރުވެރި ހިޔާލުތަކެއް ފަޔާޒުގެ ހިތަށްވެރިވިއެވެ. ވާނީވެސް އެހެންތާއެވެ. އެނާގެ އަންހެނުން ވެސްއިނީ ވިހަންތައްޔާރުވެފައެވެ. ބޭބެމެންނަށް ދިމާވިހެން، އެއް ކޮޓަރިއެއްގާ ފަރުދާއެއް ދަމައިލާ އަންހެނުން ވިއްސަން ޖެހިދާނެ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ވިހެއުމަށް ކުރަންޖެހޭ ދަތުރުގައި ޖެހިދާނެ ތަކުލީފާ ދޭތެރޭ ވިސްނި ކަންބޮޑުވުން އެތައްގުނަޔަކަށް އިތުރުވިއެވެ. ވީ އެންމެ އަވަހަކަށް ފަރުވާ ލިބޭނެތަނަކަށް ދާން ބޭނުން ވިއެވެ. އެތަނެއްގައި ބަންދުވެ ހުންނަން ޖެހުނަސް ވަރިހަމަ ކޮށްގެނެވެ.

 26 ވަނަ ދުވަހު ނަރުދޫ ސިއްޙީ މަރުކަޒުގައި ފަޔާޒު އެދުނީ ފުނަދޫއަށް އަންހެނު ވިއްސަން ދާށެވެ. ނަމަވެސް އެފުރުސަތު ނެތްކަމަށް ފުނަދޫން މައުލޫމަތު ދިނެވެ. ދެން ފަޔާޒު އެދުނީ އެހިދުމަތް ލިބޭނެ ކަންޔަގީން ވާ ތަނަކަށް ގެންގޮސް ދިނުމަށެވެ. އޭގެ ޖަވާބަކަށް ވީ ކުޅުދުއްފުށިން ފަރުވާ ލިބެނެ ކަމާއި އަދި ކޮވިޑް އަށް ޓެސްޓުކުރާނެކަމުގައެވެ. އެކަމަވެސް ފަޔާޒު ވަގުތުން ރުހުނެވެ. ފަރުވާ ލިބުމަށް އެދެވިފާ ހުރިވަރުންނެވެ.

27 ވަނަ ދުވަހު ފުރުމަށް ތައްޔާރު ވާން ފެށިއެވެ. ނަމަވެސް ދިޔުމުގެ ކުރިން ވިންދު ބަލަން ޖެހޭ ކަމަށް މަރުކަޒުން ބުނުމުން އެކަން ކުރުމަށް އެރޭ މަރުކަޒަށް ދިޔައެވެ. އެތަނުން އަވަދި ނުވަނީސް ފަޔާޒުގެ ފޯން ރިގުވާން ފެށިއެވެ. އެއީ އެތަނުގެ މެނޭޖަރެވެ. އެނާބުނީ  27 ވަނަދުވަހު ދަތުރު ކުރަންޏާ ކުޅުދުއްފުށިން ހިދުމަތް ލިބޭނެ ކަމަށާއި 28 ވަނަ ދުވަހުނަމަ ފުނަދޫއިން ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ވަކިގޮތެއް ނިންމުމަށެވެ. ފަޔާޒު ވަގުތުން ޖަވާބުދިނެވެ. ފުނަދޫ ހިދުމަތް ދޭ ކަމަށް ވަންޏާ ދާނީ ފުނަދޫ އަށްކަމަށެވެ. ފަރުވާ ލިބޭނެ ކަމުގެ ޔަގީންކަށް ދިނުމަށް ފަޔާޒު ތަކުރާރުކޮށް އެދެމުން ދިޔައެވެ.

ދަތުރަށް ފުރުމަށް ޓަކައި ފުރަންޖެހޭ ފޯމުތަށް ފުރިހަމަ ކުރަމުން ދިޔައެވެ. ފުނަދޫން ފޮނުވާފައި ވާ ފޯމުގެ ފުރަތަމަ ނުކުތާގައި ވަނީ ރަށަށް ފަރުވާއަށް އަރާމީހުން ތިބެން ޖެހޭނީ ވަކިން، މީހުން ދިރި ނުއުޅޭ ގެޔެއްގައި ކަމަށެވެ. އެހެން އޮތުމުން ފުނަދޫ ކައުންސިލަށް ގުޅާ އެގޮތައް ތިބޭނެ ތަނެއްލިބެ ނެއްކަމުގައި ފަޔާޒު ބުންޏެވެ. ކައުންސިލުން ބުނީ މީހުން އުޅޭގެޔެއްގައި ހުރެވޭނީ އެގެޔަކު އުޅޭ ބަޔަކު އެއްވެސް އިއުތިރާޒެއްނެން ކަމުގައި ވާނަމައެވެ.

ފަޔާޒު އެތަށް ދަތުރެއް ކޮށްފައިވާ ފުނަދޫގައި އަބަދުވެސް ހުންނަނީ މަލަ (މަރިޔަމް ވަހީދާ ދިރިއުޅޭ) ގޭގައެވެ. މިފަހަރުވެސް އެހެން ފަހަރު ތަކެކޭ އެއްފަދައިން ފަޔާޒު އެގޭގައި ހުރުމަށް އެދުނެވެ. މަރިޔަމް ޖަވާބު ދިންގޮތުން ހީވީ އެކަން ކޮށްނުދެވިގެން ހުރިމީހަކު ޖަވާބު ދިންހެންނެވެ. އަވަހަށް އާދޭ މިގޭ ގައި ތިޔަ ދެމީހުން ބައެތިބުން އެއީ އުފަލެއް ކަމުގައި ދެކެން، ކޮޓަރިއެއް ވަކިން ހުސްކޮފާ ބަހައްޓައި ދޭނަމެވެ.

28 ވަނަދުވަހު ފުނަދޫއަށް ފަޔާޒުމެންނަން ދެވުނެވެ. ދިޔަގޮތަށް އެންބިޔުލާސް ގައި ދިޔައީ މަލަ އަށެވެ. އެގޭގައި އެދެމަފިރިންނަށް ޙާއްސަކޮށްފައި ހުރި ކޮޓަރީގައި ތިބެމުން ދިޔައެމެވެ. ކާން ބޭރަށް ނުނިކުމެ ތިބުމުން މަރިޔަމް ވަހީދާއަށް އެގޮތް ކަމަކުނުދިޔައެވެ. ފަޔާޒު މެންނަގޮވާ ކާން ނެރުނެވެ. ނަރުދޫއިން ބަލިފެނުނަސް އެއީ އެބަލި އެންމެންނަން ޖެހުންނޫކަމުގައި ބުނަމުންނެވެ. ﷲ އެއްވެސް އިންސާނެއް ނިކަމެތި ނުކުރާނެކަމަށް ބުނަމުންނެވެ. ދުވަސްވަރަކީ ސައްވާލު މަހުގެ 6 ރޯދަ ހިފަމުން ދިޔަދުވަސްވަރެވެ. ނަމަވެސް އަންހެނުނަން ބޭނުންވާ ކަންތަށް މަރިޔަމް ދިޔައީ ވަރަށްވެސް ފުރިހަމަޔަށް ކޮށްދެމުންނެވެ.

އެއްޗެއް ހޯދަން ޖެހޭ ކޮންމެ ފަހަރަކު މަރިޔަމް ބޭރަށް ނުފޮނުވުމުގެ އަޒުމުގާ ފަޔާޒު  ފުނަދޫ ޝޯސަލް ސަޕޯރޓް ޑެސްކްއަށް ގުޅައިގެން ޑެލިވަރީ ކުރާ ތަންތާގެ ނަންބަރުތަށް ހޯދިއެވެ. ތަފާތު އެކި ބޭނުން ތަކުގައި އެއްޗެހި ގަތުމަށް ފަޔާޒު ގުޅަމުން ދަނީ ހެލޯ ސޮޕް އަށެވެ. އެތަނުގައި ތަކެތި ފޯރުކޮށްދިނުމުގައި އުޅެނީ ފުނަދޫ އެންމެގެ ލަތީފުބެއެވެ. ގުޅައިލާ ކޮންމެވަގުތެއްގައިވެސް ހުންނަނީ ހޭވައްލާތައްޔާރުގައެވެ. ލަހެންނުވެ ހިދުމަތް ފޯރު ކޮށްދެއެވެ.

އަންހެނު ފުރަތަމަ ޑޮކްޓަރަށް ދެކީ 28 ވަނަދުވަހުއެވެ. އެދުވަހު ބެލުމަށް ފަހު 3 ދުވަސްފަހުން އައުމަށް އެދުނެވެ. ތިންވަނަޔަށް ވީދުވަހު ހޮސްޕިޓަލުން ގުޅާ ކަމެއް ގޮސްތޯއެހިއެވެ. ކަމެއް ފާހަގަ ވަންޏާ އަވަހަށް އައުމަށް އެދުނެވެ.

31 ވަނަ ދުވަހު އަންހެނުން ބަނޑުގައި ރިއްސާތީ ގެންދެވުނެވެ. އޮޕަރޭޝަން ކުރަން ވެއްދުނެވެ. ލޭ ހޯދަން ޖެހުނެވެ. ރަށުން ލޭ ދޭން ތައްޔާރަށް 3 މީހުން ތިއްބެވެ. އެކަމު މިވަގުތު އެމީހުން ގެންނާނި ކިހިނެއްހެޔޭ، މިއީ އިރުއޮސްނު ވަގުތެވެ. ހާސްކަމަތީ ގުޅީ ޝޯސަލް ސަޕޯރޓް ޑެސްކްއަށެވެ. އަދި އޯ ޕުލަސް ލޭ ބޭނުން ވެގެން އެހިއަކަށް އެދުނެވެ. ވަގުތުން ފޯނަށް ޖަވާބުދިން ސަލާމް އެނާ އެކަން ކުރާނެކަމަށްބުންޏެވެ. މިނޫނަސް ސަލާމުގެ އެހީތެރިކަން އެތައްފަހަރަކު ވަނީ މިދަތުރުގާ ފަޔާޒުއަށް ލިބެމުން ގޮސްފައެވެ. ލޭ ހަދިޔާ ކުރަން އައިސް ސަލާމް އެބުރި ދިޔަކަން ވެސް ފަޔާޒަށް އެގުނީ އެތަށް އިރެއްގެ ފަހުންނެވެ.

އަންހެނުން ވިހެމުން ކުއްޖާގެމަސް ނެރުނެވެ. އެ ވަޅުލުގެ ކަންތަށް ކުރުމަށް އެކުވެރި އަހުމަދު އަސިމަށް، ފަޔާޒު ގުޅިއެވެ. މިނެޓެށް ނުވަނީސް އަސްފިއެވެ. އަންހެނުންނާއި ދަރިފުޅު ނުނެރޭތީ ފަޔާޒަށް ދެވޭކަށް ނެތެވެ. ކުޑަ މީހާއަށް ބޭނުންވާ ތަފާތު އެއްޗެހި ގަތުމުގައިވެސް އާސިމްގެ އެހީތެރިކަން ނުހަނު ފުރިހަމަޔަށް ލިބުނެވެ. އެރަށުގައި ހޭދަވީ ދުވަސްތަކުގައި ނަރުދޫ މީހަކަށް ފަޔާޒު ވީތީ އެއްވެސްވަރަކަށް ޖެއްސުން ކުރުމެއް މަލާމާތް ކުރުމެއް ފެނިފައެއްނުވެއެވެ. އެންމެގެ އޯގާތެރި ކަމާއި އަޅައިލުން ފުރިހަމަޔަށް ލިބެމުން އައެވެ. އެކަން ފަހަގަކޮށް އެމެހާ ފަރާތް ތަކަށް ފަޔާޒު ޝުކުރުއަދާކުރަނީ އުފަލުން ފެންކަޅިވެ ހުންނަ ހާލުގައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ