އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް

ފަހުގެ ސިޔާސީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ނާޒިލް އިންތިހާބު ވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން ހުޅުވާލީ މޭ 21 ވަނަ ދުވަހުއެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ވަގުތު ހަމަވެފައިވަނީ މިއަދު މެންދުރު 14:00 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީން މިއަދު ވަނީ އެޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ މަޤާމްތަކަށް އިންތިހާބުވި މެންބަރުންގެ ނަންތައް އިއުލާނު ކޮށްފައެވެ. އެގޮތުން ޕީޖީ ލީޑަރަކަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު އަދި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ އިންތިހާބުވެފައިވެއެވެ.

މީގެއިތުރުން ޕާލިމެންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު، ޗީފް ވިޕްގެ މަގާމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، ވިޕްގެ މަގާމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ވަނީ އިންތިހާބުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރިއިރު، އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ. 20 ވަނަ މަޖިލިސްގެ މެންބަރުން ހުވާކުރާނީ މާދަމާއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ