ފަރެސްމާތޮޑާ އެއާޕޯޓްގައި ޓޫރިސްޓް ހޮޓަލެއް އަޅަން ހަވާލުކޮށްފި

ޚަބަރު ފަހުގެ

ފަރެސްމާތޮޑާ އެއާޕޯޓްގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުމަށްޓަކައި އެ އެއާޕޯޓް ހިންގަމުންދާ ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ (އާރްއޭސީއެލް)އިން ލިމިޓެޑް އާއި ސިލްވާ ލޭންޑް ހޮޓެލްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އާރްއޭސީއެލްގެ މައި އޮފީހުގައި ބޭއްވި ރައްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީންއެވެ. އަދި ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖްމަންޓް ހެޑް އިބްރާހިމް މުހަންމަދެވެ.

އިޝްތިހާރު
އިޝްތިހާރު

ރީޖަނަލް އެއާޕޯޓްސްއިން ބުނީ މި އެއްބަސްވުމުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓާއި އިންވެގެން އޮތް ހުސްބިމުގައި 100 ކޮޓަރި އެކުލެވޭގޮތަށް ސިޓީ ހޮޓަލްއެއް އެޅިގެންދާނެ ކަމަށެވެ. އަދި އެ ސިޓީ ހޮޓަލްގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް 200 އަށް ވުރެގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިއުމުގެ އިތުރުން އެސަރަހައްދުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ފަހި ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ރީޖަނަލްސް އެއާޕޯޓްސްގެ އެމްޑީ މުބީން ވިދާޅުވީ އެ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަ ކުރުމައްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތަކުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާ ކަމަށް ވާނަމަ ތިން މަސްދުވަސް ތެރޭގައި އެ ޕްރޮޖެޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

“އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގައި މިފަދަ ސިޓީހޮޓަލްތައް އަޅާ ރައްޔަތުންނަށް މިފަދަ އިގްތިސާދީ އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެއްއަމާޒް. އެހެންކަމުން މިހާރުވެސް އެއާޕޯޓް ތަކުގައި ހުރި ހުސްބިންތަކުގެ ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަންނފުރިހަމަ ކުރުމުގެ މަސައްކަތްތައް ކައުންސިލްތަކާ އަދި ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކާއެކު ވަރަށް ބާރު ސްޕީޑްއެއްގައި ކުރަމުންދަނީ.”. މުބީން ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 20 މިލިއަން ޑޮލަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ