މަޖިލީހުގެ ނައިބު ރައީސަކަށް ނާޒިމު ހޮވައިފި

ފަހުގެ ސިޔާސީ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު އިންތިހާބުކޮށްފައިވަނީ މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކުރިއަށްދިޔަ ސިއްރު ވޯޓުގަ އެވެ.

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

އިޝްތިހާރު
އިޝްތިހާރު

މަޖިލީހުގެ ނައިބުރައީސްގެ މަގާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލުމުން މަޖިލީހުގެ ނައިބުރައީސް ކަމަށް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމުގެ ނަން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އެވެ.

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދުދީދީގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އެވެ.

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު އެވެ.

މަޖިލީހުގެ ނައިބުރައީސް އިންތިހާބުކުރުމުގެ ސިއްރު ވޯޓުގައި ނާޒިމު އަށް 80 ވޯޓު ލިބިވަޑައިގެންނެވިއިރު އަހުމަދުދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

ނާޒިމު މީގެ ކުރިން ވަނީ މ. އަތޮޅުގެ މެންބަރުކަމާއި ދިއްގަރު ދާއިރާގެ މެންބަރު ކަމާއި މަޖިލީހުގެ ނައިބުރައީސް ކަން ކުރައްވާފަ އެެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ