އެމްއެންޑީއެފުން ބުނީ ހުޅުމާލެ، ފޭސް 1 ގެ ރިވެލި ބީޗް ކުލަބު އެންޑް ރެސްޓޯރެންޓް ސަރަހައްދުގައި މިރޭ 20:00 ހާއިރު ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ތިން މިނެޓެއް ހާއިރަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހަރަކާތަކީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވީ ނަމަވެސް ހަވާ އަރުވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ބުނެފައެއް ނުވެއެވެ.