ޤަވާއިދުން ނެރެމުން ނުގެންދާ ދެ ނޫސްމަޖައްލާ އުވާލައިފި

ޚަބަރު ފަހުގެ

ޔޫތު މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން ޤަވާއިދުން ޝާއިޢުނުކުރާ ނޫހެއްކަމަށްވާ “ތޫރަ އޮންލައިން” އާއި ‘މޯލްޑިވްސް އިކޮނޮމިކް ރިވިއު” އުވާލާފައިވާ ކަމަށެވެ.

ތޫރަ އޮންލައިން ރަޖިސްޓްރީކޮށްފައިވަނީ ޖެނުއަރީ 18 2018 ގައެވެ. އަދި މޯލްޑިވްސް އިކޮނޮމިކް ރިވިއު ރަޖިސްޓްރީކޮށްފައިވަނީ ޖެނުއަރީ 24 2019 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދެ ނޫސް މަޖައްލާ އުވާލާފައިވާއިރު ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުން ހުއްޓައެއް ނުލާ ކަމަށާއި ނޫސްތައް ރަޖިސްޓްރީ ކުރުން ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވަނީ މީގެ ފަސް މަސް ކުރިން ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ