އެސްޓީއޯގެ ފާމަސީތަކުގެ ހިދުމަތް މާދަމާ މެދުކެނޑިދާނެ

ޚަބަރު ފަހުގެ

އެސްޓީއޯ އިން ބުނީ ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުުރަށް ފުޅާކުރުމަށްޓަކައި މިހާރު ބޭނުންކުރަމުންދާ ސޮފްޓްވެއަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ 31 މޭގައި ފާމަސީގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

އެހެންނަމަވެސް އިމަރޖެންސީ ހާލަތްތަކުގައި ބޭސް ދޫކުރާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

އެސްޓީއޯގެ ފާމަސީތައް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭސް ވިއްކަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނިން މި ވަގުތު 190 ފާމަސީ ރައްޖޭގެ އެކި ރަށްރަށުގައި ހިންގައެވެ.

އެސްޓީއޯ އިން އެންމެ ފުރަތަމަ ބޭހުގެ ބާވަތްތައް ވިއްކަން ފެށީ 1983 ވަނަ އަހަރު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ