ފަލަސްތީނަށް އެހީވުމަށް ޓެލެތޯނެއް ބާއްވަނީ

ޚަބަރު ފަހުގެ

ފަލަސްތީނަށް އެހީވުމުގެ ގޮތުން ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕީއެސްއެމް އިން ނިންމައިފި އެވެ.

ޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރާ ހަވާލާދީ މިރޭ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޓެލެތޯން ކުރިއަށް ގެންދާނީ އެކަމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ މީޑިއާތަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ކައުންސިލްތަކާއި ޖަމިއްޔާތަކަށްވެސް އެ ފުރުސަތު ދިނުމަށް ވަނީ ނިންމާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ