ލޯންޗަކުން ޖެހި ބިދޭސީއަކު މަރުވެއްޖެ

ޚަބަރު ފަހުގެ

ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެގި މިއަދު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއް އދ. ދަނގެތީ ކައިރީގައެވެ. ހާދިސާގައި މަރުވީ ފ. ފީއަލީގައި މަސައްކަތްކުރަމުން އައި ކައްދާމް ނަމަކަށް ކިޔާ މީހެކެވެ. އޭނަ އަކީ ފީއަލީގައި ފާނަ މަސްވެރިކަމުގައި އުޅޭ މީހެކެވެ.

އިޝްތިހާރު
އިޝްތިހާރު

ކައްދާމްގެ ގައިގައި ލޯންޗަކުން ޖެހުނީ އޭނަ މަހަށް ދިޔަ ދޯނި އޮތީ އދ. ދަނގެތި ކައިރީގަ އެވެ. އެގޮތުން ސަރަހައްދުން މޫދަށް އެރި އުޅެނިކޮށް އޭނަގެ ގައިމަތިން ލޯންޗް ގޮސް ކަނދުރާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ އެވެ.

އދ. ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު މިޑިޔާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ އެ އަތޮޅުގެ ރަންވެލި ތިލަ ކިޔާ ފަޅެއް ކައިރިން ކަމަށެވެ.

އެ ފަޅު ކައިރިއަށް ފ. ފީއަލީ އަށް ނިސްބަތްވާ ދޯންޏަކުން ފާނައިގެ މަސްވެރިކަމަށް ފައިބައިގެން އުޅެނިގެން އދ. މާމިގިލިން މާލެ ދަތުރުކުރި ލޯންޗެއް ފީނަން އޮތް ބިދޭސީއެއްގެ ގައިގައި ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

އެ ހާދިސާ ހިނގި ވަގުތުގައި އެ ދޯނީގެ ހަތަރު މީހުން ފީނަށް ފައިބައިގެން އުޅުނު ކަމަށް މުއާވިޔަތު ވިދާޅުވިއެވެ.

ކައްދާމްގެ ހަށިގަނޑު މިހާރު އޮތީ ދަނގެތީގެ ސިއްހީ މަރުކަޒުގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ