ޗައިނާ ސަފީރު، މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް އަބްދުﷲ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ ރައްޔިތުން މަޖިލީހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މަޝްވާރާ ކުރި ކަންކަމުގެ ތަފްސީލެއް މަޖލީހުގެ އިދާރާއަކުން ހާމައެއް ނުކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޗައިނާގެ ސަފީރު ވަނީ މިދިޔަ 20 ވަނަ ރައްޔިތުން މަޖިލީހަށް އިންތިހާބުވި ސަރުކާރުގެ މެމްބަރުންނާއިވެސް މީގެ ކުރިން ވަކިވަކިން ބައްދަލުކުރައްވާފައެވެ.

ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ އޭޝިއާ އެންޑް ދަ ޕެސިފިކްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މިސް ޕައުލާ ޕަމްޕަލޯނީ،ވެސް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ އާ ބައްދަލުކުރައްވައެވެ. މި ބައްދަލުވުމުގައިވެސް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ