މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ 5 މެމްބަރުން އިއުލާން ކޮށްފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލިހުގެ ރައީސްއާއި ނައިބު ރައިސް ނެތް ހާލަތުގައި ދެން މަޖިލިހުގެ ރިޔާސަތު ބަހައްޓަވާނެ 5 މެމްބަރުން މިއަދު މަޖިލިހުގެ ރިޔާސަތުގައި އިއުލާން ކޮށްފިއެވެ.

މިއަދުގެ މަޖިލިސް ފައްޓަވާ ދެއްވަމުން މަޖިލިހުގެ ރައީސް އަބުދުއްރަހީމް އިއުލާން ކުރެއްވި ގޮތުގައި، މަޖިލިހުގައި މިހާރު ތިއްބެވި މެމްބަރުން މަޖިލިހުގައި ޚިދުމަތް ކޮށްފައިވާ މުއްދަތަކަށް ބަލާއިރު، އެ 5 މެމްބަރުންނަކީ:

އިޝްތިހާރު
އިޝްތިހާރު

* އަހުމަދު ސިޔާމް މުހައްމަދު – މީދޫ ދާއިރާ: ފެބްރުއަރީ 27، 2005 އިން ފެށިގެން މެދުނުކެނޑި 19 އަހަރާއި ތިން މަސް ދުވަހު
* ގާސިމް އިބްރާހީމް – މާމިގިލި ދާއިރާ: މޭ 28، 2009 އިން ފެށިގެން މެދުނުކެނޑި 15 އަހަރު
* އަހުމަދު ސަލީމް – އޭދަފުށި ދާއިރާ: މޭ 28، 2009 އިން ފެށިގެން މެދުނުކެނޑި 15 އަހަރު
* އަބްދުލްގަފޫރު މޫސާ – ހަނިމާދޫ ދާއިރާ: މޭ 28، 2009 އިން ފެށިގެން މެދުނުކެނޑި 15 އަހަރު
* އަހުމަދު ތާރިގު – މަހިބަދޫ ދާއިރާ: މޭ 28، 2014 އިން ފެށިގެން މެދުނުކެނޑި 10 އަހަރު

މަޖިލިހުގެ ރިޔާސަތުން މިއަދު އިއުލާން ކުރެއްވި ލިސްޓަށް ބަލާއިރު، މިހާރުގެ މަޖިލިހުގައި އެންމެ ދިގު މުއްދަތަކަށް މެދު ނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާ މެމްބަރަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އެވެ. އޭނާ ވަނީ މެދު ނުކުކެނޑި 19 އަހަރާއި 3 މަސްދުވަހު މަޖިލިހުގައި ޚިދުމަތް ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ