މަޖީދިއްޔާގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓްވެއްޖެ

ޚަބަރު ފަހުގެ

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ އެ ދަރިވަރު ޓީބީއަށް ޕޮޒިިޓިވްވުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮޓޮކޯލާ އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުން އެޗްޕީއޭގެ އިރުޝާދުގެ ދަށުން އެ ސްކޫލުގެ އެހެން ދަރިވަރުން ޓީބީއަށް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޓީބީ ބައްޔަކީ ރާއްޖޭގައި އާންމު ބައްޔައް ނޫނެވެ. ނަމަވެސް ވަރަށް މަދުން އެ ބަލީގެ ކޭސްތައް ރާއްޖެއިން ފެނެ އެވެ.

މީގެ ކުރިން 2022 ވަނަ އަހަރު ސީއެޗްއެސްއީގެ ދަރިވަރަކު ވެސް ވަނީ ޓީބީއަށް ޕޮޒިޓިވްވެފައެވެ.

ޓީބީ އަކީ ފުއްޕާމެއަށް ޖެހޭ ބައްޔެކެވެ. ޓީބީ ފެތުރެނީ ބަލި ޖެހައިފައިވާ މީހަކު ކެއްސައި ކިނބިހި އަޅާއިރު ވައިގެ ޒަރިއްޔާއިންނެވެ. ދުނިޔޭގައި ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43 ޕަސެންޓަކީ، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކުގެ މީހުންނެވެ.

ރާއްޖެ އަކީ މަދުން ނަމަވެސް ޓީބީ ފެންނަ ގައުމެކެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖެ އިން 2025 އާ ހަމައަށް ޓީބީ ނައްތާލުމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ