ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހްކޮށްފި

ޚަބަރު ފަހުގެ

އިސްކަންދަރުކޮށްދީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ މި ޕްލޭންގައި ފުލުހުން އިސްކަންދޭ މައިގަނޑު ފަސް ދާއިރާއެއް ހިމެނެ އެވެ. އެއީ:

އިޝްތިހާރު
އިޝްތިހާރު

* ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތް ކުރުން.
* މުޖުތަމައާއެކު އޮންނަ ގުޅުން ވަރުގަދަކުރުން.
* ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އިންފްރާސްޓްރަކްޗާ އަދި ވަސީލަތްތައް އަޕްގްރޭޑްކުރުން.
* ފުލުހުންގެ އެތެރޭގެ ހިންގުން އިސްލާހުކުރުމާއި ލީޑަޝިޕް ހަރުދަނާކުރުން.
* ދެފުށްފެންނަ އަދި އަހްލާގީ މިންގަނޑެއްގެ ތެރެއިން ޖަވާބުދާރީވެވޭ ތަނަކަށް ހެދުން.

މި ޕްލޭނާ އެކު ފުލުހުންގެ ތެރޭގައި ހުރި މައްސަލަތަކަށް ހައްލުތަކެއް ލިބި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ