ޝިފާން އާއި ޝަރީފް އޭސީޕީގެ ރޭންކަށް ޕްރޮމޯޓްކޮށްފި

ޚަބަރު ފަހުގެ

ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓުކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، އެ ދެ ބޭފުޅުންނަށް ޕްރޮމޯޝަން ލިބުނު ކަމުގެ ލިޔުން ހަވާލުކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

އިޝްތިހާރު
އިޝްތިހާރު

ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަދި ޕޮލިސް ކޮމިޝަނަރަކީ ރައީސް އައްޔަންކުރައްވާ ދެ މަގާމު ކަމަށް ވާއިރު، އޭސީޕީ އަކީ އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ.

ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާއެވެ. އޭނާ ވަނީ އެކި ޑިޕާޓްމަންޓުތަކުގެ އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަން ކުރައްވާފައެވެ.

ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވީ ޝިފާންއެވެ. އޭނާ ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްކަން އަދި އައްޑޫ ޕޮލިސް އެކަޑެމީ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައެވެ.

ޝިފާން މިހާރު ގެންދަވަނީ އިނގިރޭސިވިލާތުގެ ކޮލެޖު އޮފް ޕޮލިސިންއިން އެއް އަހަރުގެ އެގްޒެކެޓިވް ލީޑަޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރައްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ