ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފަށައިފި

ޚަބަރު ފަހުގެ

ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފަށައިފިއެވެ.

މިފަހަރުގެ މި ކޮންފަރެންސް ބާއްވަނީ “ސްމާޓް ގަވަނަންސް ފޯ ސިވިލް ސާވިސް އެކްސެލެންސް” މި ޝިއާރުގެ ދަށުންނެވެ. ސިވިލް ސާވިސް ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހު 9 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިޝްތިހާރު
އިޝްތިހާރު

ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ކޮންފަރެންސްގައި 3 ދާއިރާއަކުން 15 ކަރުދާހެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި ކީނޯޓް ސްޕީޗް ދެއްވާނީ ރާއްޖެއިން ބޭރުގެ 2 ސްޕީކަރުން އަދި ރާއްޖޭގެ 2 ސްޕީކަރުން ކަމަށްވެސް ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތުދީފައިވެއެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެރިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ