ޓީއެމްއޭގެ ސީޕްލޭނެއް ޖައްސަން އުޅެނިކޮށް އެކްސިޑެންޓްވެއްޖެ

ޚަބަރު ފަހުގެ

ޓީއެމްއޭގެ ސީ ޕްލޭނެއް މޫދުގައި ޖައްސަން އުޅުނު ވަގުތު އެކްސިޑެންޓެއް ހިނގައި އެ ސީޕްލޭން ދިޔަވާން ފަށައިފިއެވެ.

ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރިއަށް ޓީއެމްއޭގެ ސީޕްލޭން ޖައްސަން އުޅެނިކޮށް އޭގެ ކަނދު ވަނީ ނެއްޓިފައި ކަމަށް މައުލޫމާތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދަތުރުގައި އެ ބޯޓުގައި ފަސިންޖަރުން ތިބި ނަމަވެސް ތިބީ ކިތައް މީހުން ކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުން ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ޓީއެމްއޭގެ ބަހެއް އަދި ނުލިބިއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ސީޕްލޭން ދިޔަވާ މަންޒަރު ފެނެއެވެ. އަދި އޭގައި ތިބި ފަސިންޖަރުން ބޭލުމަށް އެ ސަރަހައްދުގައި ޑިންގީއަކާއި ލޯންޗެއް ދަނީ ހަރަކާތްތެރި ވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ