ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ޔެލޯ އެލާޓް

ޚަބަރު ފަހުގެ

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހއ އަތޮޅުން ފެށިގެން މ އަތޮޅަށް މިރޭ 10 ޖެހުމާ ހަމައަށް ޔެލޯ އެލާޓް ނެރިފައިވާކަމަށެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށެވެ.

މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މެޓް އޮފީހުން ބުނީ މިރޭ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވަކަމަށެވެ.

މާދަމާ ހެނދުނު 6 ޖެހުމާ ހަމައަށް ބޯކޮށް ވާރޭވެހި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ