ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ

ޚަބަރު ފަހުގެ

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ހާލު ގޯސްވެ، އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރު ނިޔާވެއްޖެ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު އޭނާ ރާއްޖެ އައީ އިއްޔެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެނގިފައިވާގޮތުގައި ބަކާއަށް ހައްޖަށް ގޮސް އުޅެނިކޮށް ގަދައަށް ހުން އައުމަށްފަހު އޭނާގެ ހާލު ސީރިއަސްވީ އެވެ. އެހެންވެ މާލެ އައިތަނާ އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އުމުރުން 38 އަހަރުގެ ބަކާއަށް ޖެހުނީ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންޖައިޓިސް ކަމަށްވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ