ރައީސް އޮފީސް މިނިސްޓާ ރަމީޒު ސަސްޕެންޑުކޮށްފި

ޚަބަރު ފަހުގެ

ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް، ސަސްޕެންޑްކޮށްފި އެވެ.

ރަމީޒް ސަސްޕެންޑްކޮށްފައިމިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސަލީމު ސަސްޕެންޑުކޮށް ހައްޔަރުކޮށްފައިވަނިކޮށެވެ. ޝަމްނާޒް، ހައްޔަރުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ސިހުރު ހެދިކަމުގެ ތަހުމަތުގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް އޮފީހުން ބުނީ ރަމީޒް ސަސްޕެންޑްކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގައި އެކުގައި މަސައްކަތްކުރި ދުވަސްވަރުން ފެށިގެން ރަމީޒު ފާހަގަވެފައިވަނީ ރައީސް މުއިއްޒާ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ