ޖަލުގައި މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ދެން ހަދާނެ

ޚަބަރު ފަހުގެ

ޖަލުގައި ނިޔާވާ މީހުންގެ ހަށިގަނޑު މީގެފަހުން ޢާއިލާއާއި ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މިގޮތަށް ޢަމަލުކުރެއްވުމަށް ނިންމެވީ ޖަލުތަކުގައި ހިނގާ މަރުތަކާއި ބެހޭގޮތުން އާއްމުންގެ ހިތުގައި މުއައްސަސާތަކާއި މެދު ޝައްކު އުފެދޭނެ އެއްވެސް ޖާގައެއް ނުދެއްވުމަށްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހުކުރު ދުވަހު ޖަލުގައި ނިޔާވި ގައިދީގެ މަރާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޖަލުގައި ގައިދީއަކު ނިޔާވެގެން ކަން ހިނގާދިޔަ ގޮތުގެ މިތަޖުރިބާއަށްފަހު މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއެއްގެ ހަށިގަނޑު ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށްފަހުކަމަށެވެ. އަދި އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދާ ރިޕޯޓް ލިބި މުއައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރީވުމަށް ތައްޔާރުވެގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

“މިއަދުން ފެށިގެން ބަދަލުކުރާ އަނެއް ސިޔާސަތަކީ މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްވެސް ގައިދީއަކު ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމެއް ހެދުމަށްފަހު. ޢާއިލާ އާއި ޙަވާލުކުރަނީ ޕޯސްޓްމޯޓަމްހަދާ އެކަމުގެ ރިޕޯޓުލިބި މުވައްސަސާތަކަށް ފުރިހަމައަށް ޖަވާބުދާރީވާން ތައްޔާރުވެވުމުން.” ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، ޖަލުތަކުގައި މިވަގުތު ޙާލަތު ހުރީ ބައިނަލްއަޤުވާމީ ސްޓޭންޑަޑުތަކާއެއްގޮތަށް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ބޭތިއްބޭނެ ހުރިހާ ކަމެއް ފުރިހަމައަށް ނޫންކަމަށެވެ. އަދި ޖަލުތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާރު އާއްމު އުސޫލަކީ ގަޑިއަކު އެއްފަހަރު ބެލުންކަމުގައި އޮތްނަމަވެސް އަޅުކަމުގައި މަޝްއޫލުވެ ޚާއްސަކޮށް ސަޖިދައިގައި މީހަކު އޮންނަނަމަ އޭނާގެ އަޅުކަމަށް ދަތިވާނެހެން މީގެކުރިން ބަލާ ޗެކްކޮށްފައިނުވާކަމަށެވެ. އެހެންނަމަވެސް ހިނގާދިޔަ މިޙާދިސާއަށްފަހު މީގެފަހުން ކޮންމެ ގަޑިއިރަކުން މީހާ ހުރި ޙާލެއް ބެލުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ