ހަނިމާދޫ ކައުންސިލް ޖަވާހިރުލް ޤުރުއާން މުބާރާތް 1445 އެއްވަނަ ދެބެން ކާމިޔާބު ކޮށްފި

ހަނިމާދޫ ފަހުގެ

ހަނިމާދޫ ކައުންސިލުން ކުރިއަށް ގެންދިޔަ ޖަވާހިރުލް ޤުރުއާން މުބާރާތް 1445 އައްޔޫބު ޢަބްދުﷲ، އާއި ޝަބާ އަބްދުﷲ ރަޝީދު، ކޮރަލް ކާމިޔާބު ކޮށްފިއެވެ. އައްޔޫބު މުބާރާތުގެ އެއްވަނަ ހޯދީ ނުބަލާ ކިޔެވުމުގެ ގޮފިންނެވެ. ޝަބާ އެއްވަނަ ހާސިލްކުރީ ބަލައިގެން ކިޔެވުމުގެ ގޮފިން22ނެވެ.

މިފަހަރުގެ މުބާރާތަށް އިންސާފުކޮށްދެއްވީ ގިނަ މުބާރާތްތަކެއްގައި ފަނޑިޔާރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ފަނޑިޔާރުންގެ ޓީމަކުންނެވެ. ފަނޑިޔާރުންނަކީ އަލްޤާރީ ޢަލީ ފަޔާޟް، އަލްހާފިޒް އަލްޤާރީ މުޙައްމަދު ރިޔާޟް އަދި އަލްފާޟިލް އިބްރާހިމް ހަބީބް އެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ކީ ސްޓޭޖްތަކަށް ބަހާލައިގެންނެވެ. މުބާރާތުގައި 67 ދަރިވަރުން ވަނީ ބައިވެރި ވެފައެވެ. އެގޮތުން ފައުންޑޭޝަން ސްޓޭޖުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ދަރިވަރުން ބައިވެރި ވެފައިވާއިރު 4 ދަރިވަރުން ވަނީ ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވެފައެވެ. ކީ ސްޓޭޖު 1 ން 3 ދަރިވަރުން ހިތުން ކިޔެވިއިރު ބަލައިގެން 15 ދަރިވަރުން ކިޔެވިއެވެ. ކީ ސްޓޭޖް 2 ން ބަލައިގެން 23 ދަރިވަރުން ކިޔެވިއިރު ނުބަލާ ކިޔެވީ 1 ދަރިވަރެވެ. ކީ ސްޓޭޖް 3 ން 10 ދަރިވަރުން ބަލައިގެން ކިޔެވިއިރު ކީ ސްޓޭޖް 4 ން 7 ދަރިވަރުން ބަލައިގެން ކިޔެވިއެވެ. އަދި ކީ ސްޓޭޖް 5 ން 3 ދަރިވަރުން ބަލައިގެން ކިޔެވިއެވެ.

ރޭ ބޭއްވި މުބާރާތް ނިންމުމުގެ ހަފުލާގައި ވަނީ ކީ ސްޓޭޖްތަކުން ވަނަ ވަނައަށް ދިޔަ ދަރިވަރުންނާއި ގޮފިތަކުން ވަނަ ވަނައަށް ދިޔަ ދަރިވަރުންނަށް ހަނިމާދޫ ކައުންސިލުން ދޭ ސެޓްފިކެޓް އަދި ފައިސާގެ އިނާމް ހަވާލު ކޮށްފައެވެ.

މުބާރާތުގެ ވަނަތައް

ކީ ސްޓޭޖް 1
* 2 ވަނަ: މާކިން ބިން މުޙައްމަދު އަޝްރަފު/ ސިޑްނީ

ކީ ސްޓޭޖް 2
* 3 ވަނަ : އަނަސް ބިން އާދަމް ޛަބީޙް/ ހައިވަކަރުގެ
* 2 ވަނަ : މުޙައްމަދު އަލްތާފް ބިން އަޙްމަދު/ ދޭދަރުގެ
* 1 ވަނަ : އާމިނަތު އަންޖަލް ޙުސައިން/ ގަހާ

ކީ ސްޓޭޖް 2 ނުބަލާކިޔެވުން
1 ވަނަ އައްޔޫބް ޢަބްދުﷲ/ ކޮރަލް

ކީ ސްޓޭޖް 3
* 3 ވަނަ : މަސީހް ބިން މުޙައްމަދު އަޝްރަފް/ ސިޑްނީ
* 2 ވަނަ : އާޔާ ޢަލީ/ މިއުރެކްސް
* 1 ވަނަ : ޝަބާ ޢަބްދުﷲ ރަޝީދު/ ކޮރަލް

ކީ ސްޓޭޖް 4
* 3 ވަނަ : ސަރާ މުޙައްމަދު ރާޒީ/ ހީރާ
* 2 ވަނަ : އާމިނަތު ނަޒާތު ޝާހިދު/ ކޮމެޓް
* 1 ވަނަ : ޝާޔާ އަޙްމަދު ރަޢޫފް/ ވިއު

ކީ ސްޓޭިޖް 5
* 3 ވަނަ : ޒަހާ ޖަޢުފަރު/ ނާސާ
* 2 ވަނަ : ހިދާޔާ މުޙައްމަދު/ އުޑުވިލާ
* 1 ވަނަ : މަރިޔަމް އިބާ/ އެގަކުރި

މުޅި މުބާރާތުން
* 3 ވަނަ : އާޔާ ޢަލީ/ މިއުރެކްސް
* 2 ވަނަ : އާމިނަތު އަންޖަލް ޙުސައިން/ ގަހާ
* 1 ވަނަ : ޝަބާ ޢަބްދުﷲ ރަޝީދު/ ކޮރަލް

މުޅިމުބާރާތުން ނުބަލާކިޔެވުން ގޮފި
* 1 ވަނަ : އައްޔޫބް އަބްދުﷲ/ ކޮރަލް

މިމުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ވަނީ ފައިސާގެ އިނާމު ދީފައެވެ. އެގޮތުންްް ކީސްޓޭޖް ތަކުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް 2000 ރުފިޔާ ލިބޭއިރު، 2 ވަނައަށް 1500 ރުފިޔާ އަދި 3 ވަނަ ދަރިވަރަކަށް 1000 ރުފިޔާ ވަނީ ދީފައެވެ. އަދި މުބާރާތުގެ ގޮފިތަކުން އެެއް ވަނައަށް 5000 ރުފިޔާ، ދެވަނައަށް 2500 ރުފިޔާ ދިންއިރު އަދި 3 ވަނައަށް ހޮވުނު ދަރިވަރަށް 1500 ރުފިޔާ ދީފައިވެއެވެ.

މިއީ ހަނިމާދޫ ކައުންސިލުން މި ފަދަ ގޮތަކަށް ހިންގި 3 ވަނަ މުބާރާތެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ