“އޮޕަރޭޝަން ކުރަނގި” މުޅި ރާއްޖެއަށް ފުޅާ ކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ފެށި “އޮޕަރޭޝަން ކުރަނގި” މުޅި ރާއްޖެއަށް ފުޅާ ކޮށްފިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ގުޅިގެން އެ ވުޒާރާއިން “އޮޕަރޭޝަން ކުރަނގި” ފެށީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހެވެ. މި ޕްރޮގްރާމް ފެށީ ކ. ހިންމަފުށީގައެވެ. މި ޕްރޮގްރާމް ކ. މާފުށީގައިވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އޮޕަރޭޝަން ކުރަނގި ފޭސް-2 އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި އޮޕަރޭޝަން ފުޅާ ކޮށްފައި ވަނީ ކައުންސިލްތަކުގެ އެހީގައި ބިދޭސީންގެ މައުލޫމާތުތައް ނަގާ ގޮތަށެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ އިނގިލީގެ ނިޝާަން ނެގުމުން، އެ ބިދޭސީ މީހާާ ވަޒީފާ އަދާ ކުރަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ ކަށަވަރު ކުރާނެ ކަަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އަދި މި އޮޕަރޭޝަނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގަވާއިދާއި އެއްގޮތަށް، އަދި ގަވާއިދާ ހިލާފަށް އުޅޭ ތޯ ބެލުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ބިދޭސީން ގަވާައިދުގެ ތެރެއަށް ފެއްތުމާއި އެ މީހުންނަށް ވަޒީފާ ދޭ ފަރާތެއް ހޯދުމަކީ މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން ކައުންސިލް އިދާރާތަކުގެ ތެރޭގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްްތަކާއި އެ މީހުންގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރުގައި، ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލެވޭނެ ކަަަމަށްވެސް ވުޒާރާއިން ވިދާޅުވެފައި ވެއެވެ.

މިރޭ އޮޕަރޭޝަން ކުރަނގި ފޭސް ދޭއް ފެށިއިރު، ކައުންސިލްތަކަށް ވަނީ ފިންގާ ޕްރިންޓް މެޝިންތަކެއް ހަދިޔާ ކޮށްފައެވެ. މިއާއެކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މުޅި ރަށުގައި ތިބޭ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

“މިގޮތުން ރަށްރަށުގައި ތިބެގެން ބިދޭސީންގެ ފިންގާ ޕްރިންޓް ނެގުމާއި އެކުގައި އަޅުގަނޑުމެންގެ ހެދިފައިވާ ސެންޓްރަލް ޑޭޓާ ބޭސްއަށް މި ޑޭޓާ ޕޫލް ކުރާނެ، އެއަށް ފަހުގައި ކައުންސިލަށް އޮޓޯއިން އެ ސިސްޓަމްގެ ޒަރިއްޔައިން ބެލޭނެ އެރަށުގައި ތިބި ބިދޭސީންގެ ދަފްތަރު،”، ދާހިލީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަށަވަރުކޮށް، އެއީކޮން ބައެއްކަން ދެނެގަނެ އެ މީހުންނާއި ދޭތެރޭގައި އަޅަަން ޖެހޭ ގާނޫނީ ފިޔަވަޅު، މަގުފަހިވެގެން ދާނީ މި އޮޕަރޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ތިބި ބިދޭސީންގެ މައުލޫމާތު ނެގިގެން ކަމަށެވެ.

އޭނާ ވިދާޅުވީ، ފޭސް ދޭއްގެ ޒަރިއްޔާގައި މިހާރު އެކުލަވާފައިވާ އެޕްލިކޭޝަންތަކުގެ ސީދާ އެކްސެސް ކައުންސިލްތަކަށް ދޭނެ ކަމަށެވެ. އަދި ގަވާއިދާއި، ހިލާފަށް އުޅޭ ބިދޭސީއެއްކަން ޝައްކު ކުރެވޭނަމަަ އެ މީހާގެ ފޮޓޯގެ ނަގާލާ ހިސާބުން، އެ އެޕްލިކޭޝަންގެ ޒަރިއްޔާއިން އެއީ ކާކުކަން ކީއްކުރަން އައިސް ކޮން ކުންފުންޏެއްގެ މީހެއްކަން އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ