ކުޅިވަރާއިބެހޭ ވަޒީރު ވަޢުދު ވެވަޑައިގެންފަދައިން ބޯޅަ ހަދިޔާކޮށްފި

ހަނިމާދޫ ފަހުގެ

މިމަހު 19 ވަނަ ދުވަހު ހަނިމާދޫއަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަލްފާޟިލް ޢަބްދުﷲ ކުރެއްވެވި ރަސްމީ ދަތުރުފުޅުގައި ވަޢުދު ވެވަޑައިގެން ފަދައިން ކުލަބް ޖަމިއްޔާތަކަށް ބޯޅަ ހަދިޔާ ކޮށްދެއްވައިފިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ބޯޅަތައް ހަނިމާދޫ ކުލަބުތަކާއި ހަވާލު ކުރީ މިއަދު އެކަމަށްޓަކައި ހަނިމާދޫ ޔޫތު ސެންޓަރުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ފަރާތުން ބޯޅަތައް ހަވާލު ކޮށްދެއްވީ އެ އިދާރާގެ އެސޯސިއޭޓަރ ތަސްލީމާ މުޙައްމަދު އެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެފަރާތުން ބޯޅަތަކާ ހަވާލުވީ އިބުރާހިމް ޙުސައިންފުޅެވެ. ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން ދާއޫދު ރަޝީދު ހަވާލުވިއިރު ކެތިއަރާގެ ފަރާތުން ބޯޅަތަކާއި ހަވާލުވީ ހާރިޝާ މުޙައްމަދުއެވެ.

ބޯޅަތައް ހަވާލު ކުރެވުނު ގޮތުގެ ތަފްސީލް
* ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް 10 ބޯޅަ
* ސާއްބަ އެކުވެރި ކުލަބަށް 5 ބޯޅަ
* ކެތިއަރާއަށް 5 ބޯޅަ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: