އެމްއޭސީއެލްގެ 27 ވަނަ ބޭސިކް ފަޔަރ ފައިޓަރ ކޯސް ފަށައިފި

ޚަބަރު ފަހުގެ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ 27 ވަނަ ބޭސިކް ފަޔަރ ފައިޓަރ ކޯސް ފަށައިފިއެވެ.

މިއީ އެއަރޕޯޓުގައި މަސައްކަތްކުރާ ފަޔަރ ފައިޓަރުން ތަމްރީންކުރުމަށް ހިންގާ ކޯހެކެވެ. މި ކޯހަކީ އިމަރޖެންސީ ހާލަތްތަކުގައި ރައްކާތެރިކަމާއެކު ހަރަކާތްތެރިވާނެ ހުނަރުތައް ކިޔަވައިދޭ މުހިންމު ކޯހެކެވެ.

އިޝްތިހާރު
އިޝްތިހާރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 43 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިކޯހަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޯހެކެވެ. މި ކޯހުގައި 12 ފަޔަރ ފައިޓަރުން ބައިވެރިވާ ކަމަށް އެމްއޭސީއެލުން މައުލޫމާތު ދެއެވެ.

އެއަރޕޯޓުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއޭސީއެލްއިން ވަނީ ދާދިފަހުން އައު ފަޔަރ ސްޓޭޝަނެއްވެސް ހުޅުވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ