ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް މަޖިލީހުން ފާސްކޮށްފި

ޚަބަރު ފަހުގެ

މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވަން ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ގަވަރުނަރު ވަކި ކުރުމަށް ރައީސަށް ލަފާ އަރުވަން ފާސްކުރަން ފެންނަ ކަމަށް 63 މެންބަރަކު ވަނީ ވޯޓު ދެއްވަވައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ހިނގާދިޔަ މުއްދަތުގެ ތެރޭގައި އިގްތިސޯދީ ކަންކަމުގައި ގަވަރުނަރު ސަރުކާރަށް ލަފާ ދީފައި ނުވާ ކަމަށެވެ. އަދި އެމްއެމްއޭ އިން ހަރުދަނާ މަސައްކަތްތަކެއް [އިގްތިސޯދު ރަނގަޅު ކުރުމަށް] ކޮށްފައި ނުވާ ކަމަށެވެ.

މިއަދު ރާއްޖެ އިގްތިސޯދީ ކާރިސާއަކާއި ދިމާއަށް ދާއިރު އެކަމުން ގައުމު އަރައިގަތުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހޭ އެއް ތަނަކީ އެމްއެމްއޭ ކަމަށްވާއިރު މަރުކަޒީ ބޭންކުގެ އެންމެ އިސް ފަރާތަށްވެ ހުންނަވާ މަސްއޫލިއްތު އެންމެ ފުރިހަމަ ގޮތުގައި އެމަނިކުފާނު އަދާ ނުކުރައްވާ ކަމަށްވެސް މައްސަލާގައިވެއެވެ.

އެ މައްސަލަ އަށް ޖަވާބުދާރީވުމުގެ ގޮތުން އަލީ ހާޝިމް އަށް ކޮމެޓީން ދެ ފަހަރެއްގެ މަތިން ދައުވަތު ދެއްވިއެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އަލީ ހާޝިމް ކޮމެޓީ އަށް ހާޒިރުވެވަޑައެއް ނުގެންނެވިއެވެ. އިއްޔެވެސް އަލީ ހާޝިމް އަށް ދައުވަތު ދެއްވިއެވެ. ނަމަވެސް ކޮމެޓީ އަށް ވަޑައިނުގެންނެވޭނެކަން އެންގެވިއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ