އެމްޑީޕީގެ ނައިބު ރައީސްކަމަށް ހިސާން ޢައްޔަނުކޮށްފި

ފަހުގެ ސިޔާސީ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނާއިބް ރައީސްގެ މަޤާމަށް ޤާނޫނީ ވަކީލު ހިސާން ޙުސައިން އެޕާޓީގެ ޤައުމީ މަޖިލީހުން ރޭ ޢައްޔަންކޮށްފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަމާއި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރަށްވާފައިވާ ޙިސާން، އެމްޑީޕީގެ ނައިބު ރައީސްގެ މަޤާމަށް ޢައްޔަނުކުރުމުން އެ ޕާޓީން ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީގެ އަސާސީގަވާއިދު ބުނާގޮތުން އެޕާޓީގެ ނައިބު ރައީސް އައްޔަންކުރާނީ ޕާޓީގެ ރައީސްގެ ލަފާގެ މަތިން ޤައުމީ މަޖިލީހުންނެވެ. އެހެންކަމުން ހިސާން އެމަޤާމަށް އައްޔަންކުރުމަށް ޤައުމީ މަޖިލީހަށް ހުށައެޅުއްވީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދެވެ.

އެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހިސާން ހުންނެވީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައެވެ. ނައިބު ރައީސް ކަމަށް އޭނާގެ ނަން ޤައުމީ މަޖިލީހަށް ހުށަހަޅަން ޕާޓީގެ ރައީސް ނިންމެވުމުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އޭނާ އިސްތިއުފާދެއްވީ އިއްޔެއެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމު ހުސްކޮށް އޮންނަތާ ދުވަސްތަކެއްްވެއްޖެއެވެ. އެ މަޤާމު ހުސްވީ ކުރިން އެ މަޤާމު ފުރުއްވި ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ރައީސް އޮފީހުގެ ކުރީގެ މިިނިސްޓަރު މުހައްމަދު ޝިފާޒް (ސިއްޕެ)، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ދަ ޑިމޮކްރެޓްސްއަށް ދިޔުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ