8 އަހަރަށް ފަހު “ހިދާޔަތުގެ އަލި” އަލުން ނެރެނީ

ޚަބަރު ފަހުގެ

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަޖައްލާ ނެރެން ފަށާނީ މާދަމާކަމަށެވެ. އަދި “ހިދާޔަތުގެ އަލި” މަޖައްލާ މާދަމާ ނެރޭއިރު އެ މަޖައްލާ އޮންލައިންކޮށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި އެކި ދީނީ އިލްމުވެރިންގެ ދީނީ ލިޔުންތައް ކޮންމެ ހުކުރު ދުވަހަކު ނެރެމުންދިޔަ ހިދާޔަތުގެ އަލި މަޖައްލާ އެންމެ ފުރަތަމަ ނެރުނި “ދީނުގެ މަގު” ގެ ނަމުގައި ރައީސް މައުމޫން ގެ ވެރިކަމުގައެވެ. އޭގެ ފަހުން ނަން “ހިދާޔަތުގެ އަލި” އެނަމަށް ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މާދަމާ “ހިދާޔަތުގެ އަލި” އަލުން ނެރޭއިރު މިމަޖައްލާ ނެރުން ހުއްޓާލީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައެވެ. 2012 ވަނަ އަހަރުވެސް އެ މަޖައްލާ ނެރުން މެދު ކަނޑާލާފައިވެއެވެ. އެއީ ބަޖެޓު ތަން ނުދިނުމުގެ ސަބަބުން ކަަމަށް އެއިރުގެ ސަރުކާރުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ