ސާފް ވިމެންސް ޗެމްޕިއަންޝިޕް 2024 ގެ ފައިނަލްއަށް ނޭޕާލް އަދި ބަންގްލާދޭޝް ދަތުރުކޮއްފިއެވެ. ނޭޕާލްގެ ކަތުމަންޑޫގެ ދަޝަރަތު ރަންގަސާލާ ސްޓޭޑިއަމްގައި މިއްދު ކުޅުނު ސާފް ވިމެންސް ޗެމްޕިއަންޝިޕް 2024ގެ ފުރަތަމަ ސެމީ ފައިނަލުގައި ފަހުގެ ޗެމްޕިއަން ބަންގްލަދޭޝް ވަނީ ބޫޓާން އަތުން 7-1 ލަނޑުން މޮޅުވެފަ އެވެ. މި ވަރުގަދަ މޮޅާއެކު މުބާރާތުގެ ފައިނަލަށް ބަންގްލަދޭޝް ވަނީ ދަތުރުކޮށްފައެވެ.
މި މެޗްގައި ބަންގްލަދޭޝްގެ ފޯވާޑް ޓޮހޫރާ ޚާތޫން ތިން ގޯލާއެކު ހެޓްރިކް ހެދިއިރު ސަބީނާ ޚާތޫން ވަނީ ދެ ލަނޑު ޖަހާ، ރިޓޫ ޕޯނާ ޗަކްމާ އާއި މަސޫރާ ޕަރްވިން ދެކުޅުންތެރިން ވަނީ ލަނޑެއް ޖަހައިދީފަ އެވެ. އަދި މެޗްގައި ބޫޓާނަށް ހަމައެކަނި ލަނޑު ކާމިޔާބު ކޮއްދިނީ ޑެކީ ލަޒޮމްއެވެ.
މީގެ އިތުރުން، ސާފް ވިމެންސް ޗެމްޕިއަންޝިޕް 2024ގެ ފައިނަލުގެ ފަހު ޖާގަ ނޭޕާލުން ކަށަވަރުކުރީ ދަޝަރަތު ސްޓޭޑިއަމްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގެ ފަހު މެޗްގައެވެ. ރެގިއުލޭޝަން ޓައިމްގައި 1-1 އިން އެއްވަރުވެގެން ނިމުނު މި މެޗު ނިންމާލީ ޕެނަލްޓީ ޝޫޓްއައުޓުން ނޭޕާލް މޮޅުވީ 4-2 ގެ ނަތީޖާއިންނެވެ.
މި ސެމީ ފައިނަލް މެޗްގެ ފޯރިގަދަވެގެން ދިޔައީ ދެވަނަ ހާފުގެ ކުރީކޮޅު ނޭޕާލްގެ ތަރި ފޯވާޑް ރެކާ ޕައުޑެލްއަށް ރަތްކާޑު ލިބުމުން ނޭޕާލަށް ދަނޑުގައި ތިބީ އެންމެ ދިހަ ކުޅުންތެރިންނެވެ. މުބާރާތުގައި ހަތް ގޯލް ކާމިޔާބުކޮށްފައިވާ ޕައުޑެލް އަކީ ކުރިން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ނޭޕާލްގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ވަކިވުމުން ސަޕޯޓަރުން ނުރުހުން ފާޅުކުރުމުން މެޗު ވަގުތީ ގޮތުން ހުއްޓުމަކަށް އައެވެ. މުހިއްމު އަނެއް ކުޅުންތެރިޔާ ސަބިތުރާ ބަންޑާރީ ވަނީ ސަޕޯޓަރުންގެ ތާއީދާއި ކެތްތެރިކަމަށް އިލްތިމާސްކޮށް ސަޕޯޓަރުން ހަމައަކަށް އެޅުވުމަށް ވަދެފައެވެ.
މެޗުގެ ކުރީކޮޅު ދެ ޓީމުން ވެސް ވަރުގަދަ އަދި މޮޅު ކުޅުމެއް ދައްކާފައިވާއިރު، ކުޑައިރުކޮޅަކު މެދުކެނޑުމަކުން މެޗު އަލުން ފެށިތާ ވަގުތުން ނޭޕާލްގެ ސަބިތުރާ ބަންޑާރީ ވަނީ ލަނޑެއް ޖަހައިފަ އެވެ. ބަންޑާރީ ގޯލް ޖެހުމުގެ ކުރިން އިންޑިއާ އޮތީ ލީޑު ނަގާފައެވެ.
ބުދަ ދުވަހު ބޭވުމަށް ހަމަޖެހިފައިވާ މިމުބާރަތުގެ ފައިނަލުގައި ނޭޕާލްއާއި ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއެވެ.